މުލަކު ކައުންސިލް އިދާރާގެ މުވައްޒަފުންގެ ރަސްމީޔުނީފޯމާއި މުވައްޒަފުންގެ ކާޑު ތަޢާރަފްކުރުން

މުލަކު ކައުންސިލުގެ އިދާރާގެ މުވައްޒަފުންގެ ރަސްމީ ޔުނީފޯމާއި، އިންފޮމޭޝަން ކާޑު ތަޢާރަފްކުރުމުގެ ރަސްމިއްޔާތު 14 ޖޫން 2022 ގައި މުލަކު ކައުންސިލު އިދާރާގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރިކޮށްދެއްވީ މ. ފެމެލީ އެންޑު ޗިލްރަންސް ސާރވިސް ސެންޓަރގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް ޢަލީ އަޙްމަދު މަނިކެވެ. މި ރަސްމިއްޔާތުގައި މުވައްޒަފުންނަށް ޔުނީފޯމާއި ކާޑު ޙަވާލުކޮށްދެއްވީ، ޝަރަފުވެރި މެހެމާން ގެ އިތުން ކައުންސިލްގެ ރައީސް އަޙުމަދު ޖަމާލު، ކައުންސިލްގެ ނައިބުރައީސް ޙުސައިން ރަޝީދު، ކައުންސިލުގެ މެމްބަރ އިބްރާހިމް ނަދީމު، ކައުންސިލު މެމްބަރ އާމިނަތު ޢަލީ އަދި ކައުންސިލު މެމްބަރ ސާމިޔާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ކައުންސިލުގެ 35 މުވައްޒަފުންނަށް ރަސްމީޔުނީފޯމާއި ކާޑު ވަނީ ޙަވާލުކުރެއްވިއެވެ.