ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ޓީވީ އަދި ލެޑްލައިޓް ހަދިޔާކުރުން

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ސީ.އެސް.އާރު ގެ ދަށުން 50 ލެޑްލައިޓާއި، ޑިޖިޓަލް 2 ނޯޓިސް ބޯޑު ބެހެއްޓުމަށް ބޭނުންވާ ''65 ގެ ޓީވީ ކައުންސިލަށްވަނީ ހަދިޔާކޮށްފައެވެ. މި ތަކެތި ކައުންސިލަށް ހަވާލުކޮށްދެއްވީ 30 އޮގަސްޓް 2022 ގައި ކައުންސިލްގައި ބޭއްވުނު ރަސްމިއްޔާތެއްގައި މުލަކު ފެނަކަ ބްރާންޗުގެ ޑެޕިއުޓީ މެނޭޖަރ އަލްފާޟިލް މުޙައްމަދު އަސްވަދުއެވެ. މި ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް އާއި މެންބަރުންގެ އިތުރުން މުލަކު ފެނަކަ ބުރާންޗުގެ ސީނިއަރ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.