މ.މުލަކު ޞިއްޙީމަރުކަޒުން ދެއްވަމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކައުންސިލުން ދެއްވުމަށް ނިންމާފައިވާ އެހީ 27 ނޮވެމްބަރ 2022 ގައި މުލަކު ޞިއްޙީމަރުކަޒާއި ވަނީ ހަވާލުކުރެވިފައެވެ. ޞިއްޙީމަރުކަޒާއި އެހީ ޙަވާލުކުރައްވާފައިވަނީ މުލަކު ކައުންސިލްގައި ބޭއްވުނު ރަސްމިއްޔާތެއްގައި ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ޖަމާލުއެވެ. ޞިއްޙީމަރުކަޒުގެ ފަރާތުން ތަކެއްޗާއި ހަވާލުވީ މުލަކު ޞިއްޙީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ، ހެލްތް ސާރވިސް އަލްފާޟިލް އިބްރާހީމް ލަޠީފްއެވެ. މި ރަސިމިއްޔާތުގައި ކައުންސިލްގެ ނައިބްރައީސް އާއި ކައުންސިލް މެންބަރުންގެ އިތުރުން މުލަކު ޞިއްޙީމަރުކަޒުގެ ޑިޕާރޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ. މުލަކު ޞިއްޙީމަރުކަޒަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލްގެ 2022 ވަނަ އަހަރުގެ ބަޖެޓުން 19800.00 ރ ޚަރަދުކުރެވިފައިވެއެވެ.