މ. މުލަކު ކައުންސިލުގެ އިދާރާއަށް 1500KG ގެ ރަށު ޕކަޕެއް ހޯދުމަށް ހުޅުވާލުން: (IUL)364/2024/34

މ. މުލަކު ކައުންސިލުް އިދާރާއަށް 1500KG ގެ ރަށު ޕިކަޕެއް ވިއްކުމާއި ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  | ތަން | ތާރީޚް | ދުވަސް | ގަޑި
މަޢުލޫމާތު ސާފު ކުރުން | މ. މުލަކު ކައުންސިލްގެ އިދާރާ | 01 އޮގަސްޓް 2024 | ބުރާސްފަތި | 11:00
އަންދާސީ ހިސާބު ހުށަހެޅުން | މ. މުލަކު ކައުންސިލްގެ އިދާރާ | 11 އޮގަސްޓް 2024 | އާދީއްތަ | 11:00
 މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގައި ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ދިވެހި ވިޔަފާރި ތަކަށެވެ. މި ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކުން 23 ޖުލައި 2024 ން 01 އޮގަސްޓް 2024 ގެ 11:00ގެ ކުރިން، އީ މެއިލް މެދުވެރިކޮށް  ms@mulah.gov.mvބީލަމުގައި ރަޖިސްޓަރީވާން ވާނެއެވެ.

ބީލަމުގައި ރަޖިސްޓަރީ ކުރެވުނުކަން ކަށަވަރުކުރުމަކީ މިކަމަށް އެދި ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބިޑު ހުށަހެޅުމަށް ބައިވެރި ވެވޭނީ ބިޑު ހުށަހެޅުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. ބަދަލުގައި އެހެން ފަރާތަކުން ބިޑު ހުށަހެޅުމަށް ވަޑައިގަންނަވާނަމަ، ބިޑުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތުގެ ސިޓީއެއް އޮންނަންވާނެއެވެ. ބިޑު ތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި "މުލަކު ކައުންސިލަށް 1500KGގެ ރަށު ޕިކަޕެއް ވިއްކުމާއި ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދުން" ލިޔެފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ ފޯނު އަދި އީމެއިލް މެދުވެރިކޮށް ހޯއްދެއްވުމަށް ދަންނަވަމެވެ.

ފޯނު:  7414167

އިމެއިލް: ms@mulah.gov.mv

https://www.gazette.gov.mv/iulaan/300547