މިއިދާރާއަށް ތިރީގައި މިދަންނަވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް  ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ކޮޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ފެބުރުއަރީ 24 ވަނަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ދުރުވެ ނުވަތަ އި އިދާރާގެ މެއިލް es@mulah.gov.mv އަށް ކޮޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
ބަދަރު ސަރަހައްދުގައި ހަދަމުންދާ މަސްއަށީގައި ތަށިމުށި ޖެހުން.
ތަށިމުށި ޖަހާ މިންތައް ތިރީގައި މިވަނީ.
 
| # | އައިޓަމް | ތަފްސީލް
| 1 | މަސްއަށި | އަށީގެ ބޮޑުމިން 8ފޫޓް × 4 ފޫޓް
| 2 | އަށީގެ ބޯޑަރު  | 6x2x2 އިންޗި
| 3 | އަށީގެ ފައި  | ފުޅާމިން 3 ފޫޓް / އުސްމިން 2ފޫޓް 3އިންޗި / ބޯމިން 3 އިންޗި
| 4 | ތަޅުން | ބޮޑުމިން 20ފޫޓް × 10ފޫޓް 6 އިންޗި
| 5 | ތަޅުމުގެ ބޯޑަރ | 5x2 އިންޗި


ފަހުގެ ކޮޓޭޝަން ހުށަހެޅުމުގެ ދައުވަތު