މިކައުންސިލްގެ 03 ވަނަ ޤުރްއާން މުބާރާތް 2025 އޯގަސްޓް 21 ވަނަ ދުވަހު ފެށުމަށް ވަނީ އިންތިޡާމް ކުރެވިފައެވެ.
ވީމާ، މި މުބާރާތް ކުރިޔަށް ގެންދާނޭގޮތް ވިލަރެސްކޮށް ފަނޑިޔާރުކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށް ފަހު މަސައްކަތުގެ އަގު އެނގެން އޮންނާނޭހެން ޕްރޮޕޯސަލް ތައްޔާރުކޮށް 2025 ޖުލައި 29 ވަނަ ދުވަހުގެ 13:00އަށް މި އިދާރާއަށް ބިޑު ހުށަހެޅުއްވުން އެދެމެވެ.
· މުބާރާތުގެ ފަނޑިޔާރުކަންކޮށްދިނުން
· ފަޑިޔާރުންގެކޮމިޓީގައި ހިމެނިލައްވާ ފަރާތްތަކުގެ ވަނަވަރު (ތައުލީމީ ފެންވަރާއެކު)
· ސުވާލުތައް ތައްޔާރުކުރުން (ޑިޖިޓަލްކޮށް)
· މާކްސް ޝީޓް ތައްޔާރުކުރުން
· މުބާރާތުގެ ވަނަތައް ހޮވުން.
· މުބާރާތް ހިނގާދިޔަގޮތާއި، އިތުރަށް ރަނގަޅުކުރަންހުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ރިޕޯރޓެއް ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުން.
މި މުބާރާތުގެ ފަނޑިޔާރުންގެގޮތުގައި އައްޔަންކުރެވޭ ފަރާތްތަކަށް ކައުންސިލުން ފޯރުކޮށްދެވޭނެ ޚިދުމަތްތަކުގެތެރޭގައި ދަތުރުފަތުރާއި، ހުރުމާއި ކެއުން ހަމަޖައްސައިދެވޭނެއެވެ.
https://www.gazette.gov.mv/iulaan/352199