1447 ވަނަ އަހަރުގެ ޤައުމީދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު 01 ރަބީޢުލްއައްވަލް 1447 (24 އޮގަސްޓް 2025) ގެ 6:00 ގައިވަނީ ބޭއްވިފައެވެ. މި ރަސްމިއްޔާތުގައި ރަށުގައި ހުރި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެލެއްވިއެވެ. މި ރަސްމިއްޔާތުގައި މުލަކު ސުކޫލްގެ ދަރިވަރުންގެ ހުނަރުވެރި ހުށަހެޅުންތައް ކުރިއަށްގެންދެވުނެވެ. ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ މުލަކު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ޖަމާލުއެވެ. އަދި ރަސްމިއްޔާތަށް ޙާޟިރުވި ފަރާތްތަކަށް މުޚާތަބުކޮށް ރައީސް ވާހަކަފުޅުދެއްކެވިއެވެ. މި ހަރަކާތް އެންމެ ފުރިހަމައަށް ގެންދިއުމުގައި މުލަކު ސްކޫލްގެ ވަރަށްބޮޑު އެއްބާރުލުމަކާއި އެހީތެރިކަން ލިބިގެން ގޮސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ހަމަ އެއާއެކު ކައުންސިލް އިދާރާއިގެ މުވައްޒަފުންގެ އެއްބާރުލުމާއި ކާމިޔާބު އިވެންޓަކަށްހެދުމަށް ކޮށްދެއްވި މަސައްކަތްފާހަގަކޮށް މުވައްޒަފުންނަށް ސުކުރުދަންނަވާފައި ވެއެވެ. މި ރަސްމިއްޔާތު ނިމިގެންގޮސްފައިވަނީ ހާޟިރީންގެ ސަރަފުގައި ތައްޔާރުކޮށްލެވުނު ސައިފޮދަކުންނެވެ.